ވިޝަން މިޝަން

ވިޝަން

ޢާއިލާތަކުގެ ބިންގާ ހަރުދަނާގޮތުގައި އެޅުމަށް ޤާނޫނުގެ ތެރެއިން އެހީތެރިވެދެވި، ޢާއިލާތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް އަވަސްކަމާއެކު އިންޞާފު ހޯދައިދެވި، ޢާއިލާތައް ޙިމާޔަތްކޮށްދެވިފައިވުން

މިޝަން

މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، ޢާއިލާތަކުގެ ބިންގާ ހަރުދަނާ ގޮތުގައި އަޅައިދިނުމުގައި އެހީތެރިވެދިނުމާއި، ޢާއިލާތަކުގެ މެދުގައި ޢަދުލު އިންޞާފު ޤާއިމްކޮށްދީ، ޢާއިލާތައް ޙިމާޔަތްކޮށްދިނުން

ލަނޑުދަނޑިތައް

  • އާއިލާތައް ޙިމާޔަތްކޮށް ދުޅަހެޔޮފާގަތި މުޖުތަމައެއް ބިނާކުރުމަށް ޤާނޫނުގެ ތެރެެއިން މަސައްކަތްކުރުން
  • އިތުބާރުކުރެވޭ އެކުވެރި މާޙައުލެއްގައި ޚިދުމަތްދިނުން
  • ކޯޓުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތުގެ ފެންވަރު ހިފެހެއްޓުން
  • ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަކީ ތަމްރީނާއި ހުނަރު ލިބިފައިވާ އިލްމީ ޤާބިލު ބަޔަކަށް ހެދުމަށް މަސައްކަތްކުރުން
  • ކޯޓުގެ ނިޒާމް ހިންގުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށް، އަވަސްކަމާއެކު ޚިދުމަތް ދިނުމަށް މަސައްކަތްކުރުން