ކޯޓުގެ އިޚްތިޞާސް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (19/2019)ގެ ދަށުން ބަލާ މައްސަލަތައް

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު (3/2012)ގެ ދަށުން ބަލާ މައްސަލަތައް

ޢާއިލާއާބެހޭ ޤާނޫނު (4/2000)ގެ ދަށުން ބަލާ މައްސަލަތައް

ޢާއިލާއާބެހޭ ޤާނޫނު (4/2000)ގެ ދަށުން ބަލާ މައްސަލަތައް:

ދެމަފިރިންގެ ދެމެދުގައި ހިނގާ އަރާރުންތަކާއި، އެކަކު އަނެކަކަށް ޚިޔާނާތްތެރިވެގެން ހުށަހަޅާ މައްސަލަތައް.
ބަލަދުވެރިކަން ސާބިތުކުރުމުގެ މައްސަލަތައް.
ނަޞަބު ސާބިތުކުރުމުގެ މައްސަލަތައް.
ޙަޟާނާ (ދަރިފުޅު އަތުލުމުގެ މައްސަލަތައް).
މަރު ސާބިތުކުރުމުގެ މައްސަލަތައް.
އަނބިމީހާއާ ކައިވެނި ހެޔޮނުވާ މީހަކާ އެއްފަދަކުރުމުގެ މައްސަލަތައް.
ކައިވެނި ފަސްޚުކުރުމާއި، ތަފްރީޤްކުރުމާއި، އެކަންކަމާބެހޭ މައްސަލަތައް.
ދަރިލެއްވުމުގެ މައްސަލަތައް.
ލިޢާނުގެ މައްސަލަތައް.
ދަރިއަކު ބަލާބޮޑުކުރުން އެހެން ފަރާތަކާ ޙަވާލު ކުރުމުގެ މައްސަލަތައް.
އީލާގެ މައްސަލަތައް.
ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިފައިވާ ތިން ބައިން ކުރެ ބައެއްގައި ނުހިމެނޭ ޖިނާއީ މައްސަލަތައް.
ކައިވެނިކޮށްދިނުމާއި، ރަޖިސްޓްރީ ކުރުމާއި، އެކަންކަމާ ބެހޭ އެންމެހާ ކަންތައްތައް.
ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓަރީކޮށްދިނުން.
ވަރި ރަޖިސްޓަރީކޮށްދިނުން.
ވަރިއާބެހޭ ގޮތުން މައްސަލަ ޖެހިގެން ހުށަހަޅާ މައްސަލަތައް.
ނަފަޤާ ދިނުމުގެ މައްސަލަތަކާއި، ފިރިމީހާ އަނބިމީހާއަށް ނަފަޤާ ނުދޭތީ ނުވަތަ އެހީނުވާތީ ހުށަހަޅާ މައްސަލަތައް.
އަވަސް ނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމިދާނެ ކަމަށް ފެންނަ، މިބައިގައި ބަޔާން ކުރެވިފައިވާ ބާވަތުގެ މައްސަލަތައް.