ދެމަފިރިންގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކަކީ، ޢާއިލީ އެހެނިހެން މައްސަލަތަކާއި ޚިލާފު، ތަފާތު މައްސަލަތަކެކެވެ. ޚާއްޞަކޮށް ދެމަފިރިން ވަކިވުމަށް އެދޭ މައްސަލަތަކާއި ދަރިންގެ މައްސަލަތަކަކީ ނުހަނު ޙައްސާސްކަންބޮޑު ވަރަށް ޢާޠިފީ މައްސަލަތަކެކެވެ. ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ މިފަދަ މައްސަލަތަކުގެ އިޖުރާއަތު ކުރިއަށްދާހިނދު، މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތަށްވެސް ނުހަނު ފުން އިޙްސާސްތަކަކާއި އަސަރުތަކެއްކުރުވާކަމެވެ. މިފަދަ މައްސަލަތައް ދިމާވުމުން އެ މައްސަލަތަކުގައި ދެފަރާތް އެއްބަސްވާ އަދި އިންޞާފްވެރި ޙައްލެއް ހޯދުމަށްޓަކައި ކަންކުރާންވީގޮތާއި މެދު ބައެއް ފަރުދުންނަށް ސުވާލުއުފެދެއެވެ.
ވަރީގެ މައްސަލަތަކުގައި މައިގަނޑު ދެ ބައެއް ފާހަގަކުރެވެއެވެ. މިގޮތުން، ފުރަތަމަ ބަޔަކީ ސީދާ ވަރީގެ މައްސަލަތަކެވެ. ދެވަނަ ބަޔަކީ ވަރިއާގުޅިގެން އަންނަ އެހެނިހެންކަންތައްތަކެވެ. ވަރިކުރުމަށް ނުވަތަ ވަރިވުމަށްއެދި ހުށަހަޅާ މައްސަލަތަކުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކޯޓުން ވަރަށް ބޮޑަށް ބާރުއަޅައެވެ. އަދި މި ކަންކުރުމަކީ ޤާނޫނީގޮތުން ކޯޓަށް ލާޒިމްކުރާކަމެކެވެ. ވަރިއާގުޅިގެން އަންނަ އެހެނިހެން ކަންކަމަށް ބަލާލާއިރު އެކަންކަމުގެތެރޭގައި ހިމެނެނީ ދަރިންގެ ޙަޟާނަތާއި ދަރިންގެ ޚަރަދާއި ވަރިކުރި އަނބިމީހާއަށް ޚަރަދުދިނުމުގެ ކަންކަމެވެ.
ޢާއިލީ ޞުލްޙަވެހިންން، ޢާއިލާތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގައި، އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެނީ ޢާއިލާތަކަށް ދިމާވާ މައްސަލަތައް ނުވަތަ ދެބަސްވުންތައް ޝަރީޢަތުގެ މަޖިލިހުންބޭރުގައި ޙައްލުކުރުމަށް އިސްކަމެއްދީގެންނެވެ. ތިރީގައި އެވަނީ ޢާއިލީ ޞުލްޙަވެހިއާމެދު ޢާއްމުކޮށް ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކެވެ.
ޢާއިލީ ޞުލްޙަ އާގުޅޭ ސުވާލުތައް
ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޢާއިލީ ޞުލްޙަ ވެއްސަށް ފޮނުވޭ އެންމެހާ މައްސަލަތަކުގައި، މައްސަލާގައި ހިމެނޭ ފަރާތްތަކަށް ޞުލްޙަވެރި ޙައްލެއް ހޯދާދިނުމަށް މަސައްކަތްކުރުމެވެ.
ޞުލްޙައަށް އެދި ހުށަހަޅާ މައްސަލަތަކާއި ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދިހުށަހަޅާ މައްސަލަތަކުގެ އިތުރުން އެ މައްސަލައެއްގައި ހިމެނޭ ދެފަރާތުން ވާހަކަދައްކާ ޞުލްޙަވެރި ޙައްލަކަށް ވާޞިލްވެވިދާނެކަމަށް ކޯޓަށް ފެންނަ މައްސަލަތައް ކުރިއަށް ގެންދާނީޢާއިލީ ޞުލްޙަވެހިންނެވެ.
ޞުލްޙަވެރި ޙައްލަކީ ޤާނޫނީ އިމުގެ ތެރެއިން ދެފަރާތް އެއްބަސްވާގޮތުގެ މަތީން މައްސަލަ ވަކިގޮތަށް ޙައްލުކުރުމަށް ދެފަރާތުންވެސް އެއްބަސްވުމެވެ.
- މައްސަލަ ޙައްލުކުރާނެ ގިނަގޮތްތަކަކާމެދު މަޝްވަރާކުރެވުން
- ދެފަރާތުގެ ދެމެދުގައިހުރި މައްސަލަތައް ދަނެގަތުން
- އެކަކުއަނެކަކު ދައްކަންޖެހޭ ވާހަކަތައް ރަނގަޅު ހަމަޖެހޭތަނެއްގައިތިބެ އަޑުއެހުމުގެ ފުރުޞަތު ދެފަރާތަށްވެސް ލިބިގެންދިއުން
- ދެފަރާތުގައި އޮންނަގުޅުން ކެނޑިގެންނުގޮސް މައްސަލަ ޙައްލުކުރެވުން
- ދެފަރާތުންވެސް އެއްބަސްވާ، ދެފަރާތް ހިތްހަމަޖެހޭގޮތެއްގެ މަތީން މައްސަލަ ޙައްލުވެގެންދިއުން
- ޞުލްޙަ މަޖިލިހުގައި ދެކެވޭ ވާހަކަތަކަކީ ސިއްރުކުރެވިފައިވާ ވާހަކަތަކަކަށްވުން.
ޢާއިލާއާބެހޭ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ދަށުން ތިން މަސް ހަމަވުމުގެ ކުރިން މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ހުށައެއްނޭޅޭނެއެވެ. އެހެންނަމަވެސް ދެމަފިރިންކުރެ މީހަކު ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު ދަޢުވާކުރާ ފަރާތް ކޯޓަށް ޙާޟިރު ނުވުމުން ނުވަތަ ދަޢުވާކުރާ ފަރާތް އެދިގެން މައްސަލަ ބާޠިލްކޮށްފިނަމަ، އެމައްސަލައިގައި ދަޢުވާލިބޭ ފަރާތަށް ތިންމަސް ހަމަވުމުގެ ކުރިން މައްސަލަ ހުށަހެޅިދާނެއެވެ.
ހުށަހަޅޭ މައްސަލަތަކާ ގުޅޭ ސުވާލުތައް
އާއެކެވެ. ފެމިލީ ކޯޓުގެ ޤަވާޢިދުގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަރިސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވަރިއާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅާ މައްސަލަތަކާއި، ނަސަބު ސާބިތުކުރުމުގެ މައްސަލަތައް ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތުން މައްސަލަ ބާޠިލް ކުރުމަށް ބޭނުންވެއްޖެނަމަ ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވެ ދަޢުވާ ދޫކޮށްލުމަށް އެދުމުން މައްސަލަ ބާޠިލް ކުރެވޭނެއެވެ.
ޢާންމުގޮތެއްގައި 01 ހަފްތާ ނުވަތަ 02 ހަފްތާގެ މުއްދަތުގެ ތެރޭގައި ފުރަތަމަ އަޑުއެހުން ބާއްވާނެއެވެ. މިގޮތަށް ހަމަޖެހިފައި ވީނަމަވެސް އެ މައްސަލައެއް ހުށަހެޅުނު އިރު ދެ ހަފުތާގެ މުއްދަތަށް މައްސަލަތައް ތާވަލުކުރެވިފައި ވާމަނަ އެ މައްސަލައެއް ތާވަލުކުރުން ލަސްވުން އެކަށީގެން ވެއެވެ.
ފެމިލީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އިބްރާހީމް މާހިރު.
ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް އެހެން އެއްވެސް ރަށެއްގެ ކޯޓަށް (މެޖިސްޓްރޭޓް ކޯޓަކަށް) ބަދަލުކުރެވިދާނެތަ؟
އާނއެކެވެ. ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 33 ވަނަ މާއްދާގައިވާ ފަދައިން އެފަދަ މައްސަލައެއް އަލުން ހުށަހެޅޭނީ ފޯމު ފީގެ އިތުރުން -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
މައްސަލަ ނިމޭތާ ގިނަވެގެން 14 ދުވަސް ތެރޭގައެވެ.
ކާވެންޏާ ވަލީއާގުޅޭ ސުވާލުތައް
- ކާވެނިކުރުމަށް އެދޭ ފޯމު ހުށަހެޅުމުގެ ކުރިން ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕޮރޮގްރާމުގައި ބައިވެރިވުން
- މުއްދަތު ހަމަނުވާ އައިޑީ ކާޑު އޮތުން.
- ތެލެސީމިއާ ކާޑު އޮތުން. (ކާވެނިކުރުމަށް އެދޭ ދެމީހުން ކުރެ އެކަކު ތެލެސީމިޔާ އަށް ވާރުތަކުރާ ގޮތް ނުހުންނަ ކާޑު ހުށަހެޅުމުން ފުދޭނެއެވެ)
- ކާވެނިކުރާ ރަށް ނޫން އެހެން ރަށެއްގައި ވަލީވެރިޔާ ހުރިނަމަ ކާވެނިކުރަން އެދޭ ފޯމު ހުށަހެޅުމުގެ ކުރިން ރުހޭބަސް ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރައްވައި ވަލީގެ ކަންތައް ހަމަޖެއްސުން
- އިސްވެ ދެންނެވުނު ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ފެމިލީ ކޯޓުގެ ޤަވާޢިދުގެ 91 ވަނަ މާއްދާގައިވާ ފަދައިން ކާވެނިކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި، އެފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ތަކެއްޗާއެކު ފޯމު ހުށަހެޅުން.
- ރަންކިޔާއިރު ހެކިން ފޮނުވުމަކީ ލާޒިމު ކަމެއްނޫނެވެ. ކޯޓުން ކަށަވަރު ކުރާނީ ކައިވެނިކުރަން އެދޭ ފޯމުގައި ޖަހާފައިވާ ރަނަކީ އަންހެން ކުއްޖާ ކިޔާފައިވާ ރަނެއްތޯއެވެ. އެއީ ކައިވެނިކުރަން އެދޭ ފޯމުގައި ހެކިވެރިން ހެކިވަނީ ކައިވެނީގެ ހުރިހާ ކަމަކަށްވާތިއެވެ.
- ރަންކިޔާފައި ވަކިމުއްދަތެއް ވަންދެން ކައިވެނި ފޯމު ހުށަނާޅައި މަޑުކުރާކަށް ނުޖެހޭނެއެވެ.
- ކާވެނިވާން އެދޭ އަންހެނާ ހުރީ މީހަކާ އިނދެގެންތޯ ނުވަތަ
- މީހަކާ އިނދެ ވަރިކޮށް އޭނާގެ ޢިއްދާގައިތޯ ނުވަތަ
- މާބަނޑުތޯ
- ވަލީވެރިޔާ ރަށުގައި ނެތްނަމަ ވަލީ ހަމަޖައްސާނީ ކައިވެނިކުރުމަށް ރުހޭ ބަސް ހޯދުމަށް އެދޭ ފޯމު ހުށަހަޅައިގެންނެވެ. ނުވަތަ ކޯޓު މެދުވެރިކޮށް ވަލީ އެހެން މީހަކާ ހަވާލުކޮށްގެންނެވެ. އަދި މީގެ އިތުރުން ރާއްޖެއިން ބޭރުގައި ވަލީވެރިޔާ ހުރިނަމަ އެޤައުމަކީ ދިވެހިރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމެއްނަމަ އެމްބަސީ މެދުވެރިކޮށް ވަލީގެ ކަންތައް ހަމަޖައްސަން ވާނެއެވެ. ނުވަތަ ރާއްޖެއިން ބޭރުގައި ދަތުރުކުރާ ބޯޓެއްގައި ވަލީވެރިޔާ ހުރިނަމަ އޭނާ ދަތުރުކުރަންގޮސް އުޅޭ އޭޖެންސީ މެދުވެރިކޮށް ރުހޭ ކަމުގެ ލިޔުން ހުށަހަޅައިގެންނެވެ. މިގޮތަށް ހުށަހަޅާ ރުހޭކަމުގެ ލިޔުމުގައި އެތަނެއްގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑުޖަހާފައި އޮންނަންވާނެއެވެ.
- ކައިވެނިކުރާ ރަށުގައި ވަލީވެރިޔާ ހުރިނަމަ ކައިވެނިކުރަން އެދޭ ފޯމު ހުށަހަޅަންވާނީ ވަލީވެރިޔާގެ ސޮއާ އެކުގައެވެ.
ފެމިލީ ކޯޓުގެ ޤަވާޢިދުގެ 94 މާއްދާގެ (ށ) ގައިވާ ފަދައިން ސާބިތުވެފައިވާ ޚަރަދެއް އޮވެ، އަދި އެ ޚަރަދު ފައިސާ ޤަވާޢިދުން ދައްކަމުން ނުދާނަމަ އެހިނދަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުމުން މެނުވީ ކައިވެންޏެއްނުކުރެވޭނެއެވެ.
އެއީ އުނިއިތުރެއް ގެނައުމެއް ނޫނެވެ. އެހެންނަމަވެސް ކައިވެންޏަށާއި ވަރިއަށް އަންނަ ބަދަލާއި ގުޅިގެން މިކޯޓުން ޖަހަންޖެހޭ ތައްގަނޑު ޖެހުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ.
- ބޭރު ކާވެނި ރަޖިސްޓްރީކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަވެފައިވުމާއިއެކު ޙާޟިރުކުރަންޖެހޭ މީހުން ޙާޟިރުވުމުގައި ދަތިތަކެއް ކުރިމަތި ނުވާނަމަ 03 ދުވަހުގެ މުއްދަތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
- އެޤައުމެއްގެ ސަރުކާރުން ޤަބޫލުކުރާ މުސްލިމް ޖަމާޢަތަކުން ކާވެނި ކޮށްފައިވާނަމަ އެ ކާވެންޏެއް ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 25 ވަނަ މާއްދާމާއްދާއަށް ރިޢާޔަތްކޮށް ނުކުރެވޭނެއެވެ
ލިޔުމެއް ހިފައިގެން ދިއުމަށް މިކޯޓަކުން މަޖްބޫރެއް ނުކުރެއެވެ. އެހެންނަމަވެސް އެމީހަކު ބޭނުންނަމަ ތިރީގައިމިވާ ލިޔުންތައް މިކޯޓުން ދޫކުރާނެއެވެ.
- އަންމެރިޑް ސެޓްފިކެޓް (ކައިވެނިނުކުރާކަމުގެ ލިޔުން)
- މެރިޑް ސެޓްފިކެޓް (ކާވެނިކޮށްގެން އުޅޭ ކަމުގެ ލިޔުން)
- ޢިއުތިރާޟެއް ނެތްކަމުގެ ލިޔުން
ވަލީވެރިޔާއާ އެންމެ ގާތްތިމާގެ ދެމީހުން ކޯޓަށް ޙާޟިރުކޮށް އެދެމީހުންގެ ބަޔާންނަގައި، ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް އެދެމީހުން މބުނާނަމަ ޙާކިމު ވަލީއަށް ކައިވެނިކޮށްދޭނީއެވެ.
ނަސަބުގެ ގޮތުން ވަލީއަރާ މީހަކު ނެތްނަމަ ކޯޓުން އެކަން ބެލުމަށްފަހު ޙާކިމުގެ ވަލީއަށް ކާވެނި ކޮށްދޭނީއެވެ. ޙާކިމު ވަލީއަށް ކައިވެނިކޮށްދޭނީ އަންހެން ކުއްޖާގެ މަންމަ ނުވަތަ ބަލަދުވެރިއަކު ދުނިޔޭގައި ހުރިނަމަ މަންމަ ނު ވަތަ އެމީހަކު ކޯޓަށް ޙާޟިރުކޮށް އެ މީހެއްގެ ބަޔާނަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
- ވަލީވެރިޔާ އަކީ ވަލީ ދިނުމަށް ނުކުޅަދޭ މީހެއްތޯ ބެލުމަށްފަހު އެކަން ސާބިތުވާނަމަ ޙާކިމުގެ ވަލީއަށް ކައިވެނި ކޮށްދޭނީއެވެ. ޙާކިމުގެ ވަލީއަށް ކައިވެނިކޮށްދޭނީ ވަލީވެރިޔާއާ އެންމެ ގާތްތިމާގެ ދެމީހުން ކޯޓަށް ޙާޟިރުކޮށް އެދެމީހުންގެ ބަޔާނުގެ މައްޗަށް ރިޢާޔަތްކު ރުމަށް ފަހުގައެވެ.
- ރާއްޖެއިން ބޭރުގައި ވަލީވެރިޔާ ހުރެފައި، އެ ޤައުމަކީ ދިވެހިރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމެއް ނަމަ އެމްބަސީ މެދުވެރިކޮށް އިސްވެ ދެންނެވިގޮތަށް ވަލީގެ ކަންތައް ހަމަޖައްސާނީއެވެ
ވަރިއާ ގުޅޭ ސުވާލުތައް
ޢާއިލާއާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގައިވާ ފަދައިން -/5000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުންނެވެ.
ވަރިސާބިތުކުރުމަށް އެދި ހުށަހަޅާ ފޯމު
